ދުނިޔެ

އަސަދުގެ ޤާނޫނީ ހައިސިއްޔަތު ވަނީ ގެއްލިފައި- އޮބާމާ


ސޫރިޔާގެ ރަައްޔިތުންގެ ކުރީމަތީގައި ރައީސް
ބައްޝާރުލް އަސަދުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށާ އެގައުމުގައި
ހިނގަމުންދާ ތަޅާފޮޅުންތައް ހުއްޓުވޭނީ އަސަދު ވެރިކަމުން
ދުުރުވެވަޑައިގެންނެވުމުން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.



ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، ސޫރިޔާގެ ހަނގުރާމަ ނިންމާލާ، އެގައުމުގައި
އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުމަށް އަސަދަށް ފުރުޞަތު ލިބިވަޑައިގެންފައިވާ
ކަމަށާ އެހެން ނަމަވެސް އަސަދު އިޚްތިޔާރު ކުރެއްވީ ސޫރިޔާގެ މައުސޫމު ރައްޔިތުން
މެރުމަށް ކަމަށެވެ.



މިކަމުގެ ސަބަބުން އަސަދުގެ ސަރުކާރަށް ސުލްޙަ
ގެނެވޭނެ ކަމަށް އެމެރިކާއިން ޤަބޫލު ނުކުރާ ކަމަށާއި، ސޫރިޔާގެ ރައީސް ކަމުގައި އަސަދު
ދެމިހުންނެވުމުގެ ސަބަބުން ސޫރިޔާގައި ހަމަނުޖެހުންތައް އިތުރުވެ، އައި.އެސް
ހަނގުރާމަވެރިންގެ ހަރަކާތްތައް އެގައުމުގައި އިތުރުވަމުންދާ ކަމަށް އޮބާމާ ވިދާޅުވިއެވެ.