ވިޔަފާރި

މޯބައިލް ޑިވައިސްތަކުން ޓީވީ ބެލޭ ޚިދުމަތެއް ތަޢާރަފްކޮށްފި


ސްމާޓްފޯން ތަކާއި މޯބައިލް ޑިވައިސްތަކުން ޓީވީ ބެލޭނެ ޚިދުމަތް އޯޕަން ޓީވީގެ ނަމުގައި މީޑިޔާ ނެޓުން ތަޢާރަފްކޮށްފިއެވެ. މި ޚިދުމަތުގެ ތެރެއިން މީޑިޔާނެޓްގެ ޗެނަލްތައް ވަގުތުން ބަލާލުމުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑުގެ ޚިދުމަތުގެ ގޮތުގައި، އާންމުން އެންމެ ބަލަން ބޭނުންވާ ފިލްމުތަކާއި ޕްރޮގްރާމްތައް ބަލާލެވޭނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. މިޚިދުމަތް ހޯދުމަށް އެކުންފުނީގެ އޯޕަން ޓީވީ މޯޑަމެއް ގަތުމުން ޚިދުމަތް ލިބިގެންދާނެ ކަމަށް މީޑިޔާ ނެޓުން މަޢުލޫމާތުދެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޯޕަން ޓީވީ ބެލޭނެ ފަދަ ހޮޓް ސްޕޮޓްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ. އޯޕަން ޓީވީގެ އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ ގޮތް މީޑިޔާނެޓުން ވަނީ ހަމަޖައްސާފައެވެ.