ޗެލްސީގެ ކޯޗުކަމުން ހޯޒޭ މޮރީނިއޯ ވަކިކޮށްފިއެވެ.
މޮރީނިޔޯ ޗެލްސީގެ ކޯޗުކަމުން ވަކިކޮށްލާފައި މި
ވަނީ މިއަދު އޮތް ޗެލްސީގެ ބޯޑު ބައްދަލުވުމުގައެވެ. ފަންސާސް ދެ އަހަރުގެ މޮރީނިއޯ ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައި މި ވަނީ މިސީޒަންގައި ޗެލްސީގެ ފަރާތުން
ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުންނެވެ. ހާއްސަކޮށް އިނގިރޭސި ލީގުގައި ޗެލްސީގެ
ފަރާތުން ފެންނަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ޓީމުގެ ބައެއް
ކުޅުންތެރިންނާ ކޯޗް ހޯޒޭ މޮރީނިއޯޔާ މައްސަލަޖެހިފައިވާ ކަމަށް ވާހަކަ
ދެކެވިފައިވަނިކޮށެވެ.
މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގު ޗެލްސީ
ކާމިޔާބުކުރީ މޮރީނިޔޯގެ އިރުޝާދުގެ ދަށުންނެވެ. އެހެންނަމެސް މިފަހަރުގެ ސީޒަންގައި
ޗެލްސީގެ ފަރާތުން ފެންނަމުންދަނީ ވަރަށް ދަށް ކުޅުމެކެވެ.
ޗެލްސީ މިވަގުތު އޮތީ
އިނގިރޭސި ޕްރިމިއަރ ލީގުގެ ސޯޅަވަނާގައި ފަނަރަ ޕޮއިންޓާއެކުއެވެ. ޗެލްސީ ލީގުގެ
ސޯޅަވަނާގައި އޮތީ އެއްވަނާގައި އޮތް ލެސްޓަރ ސިޓީއަށްވުރެ ވިހި ޕޮއިންޓް
ފަހަތުގައެވެ.