ވިޔަފާރި

އެމްޕީއެލްގެ ހުޅުމާލެ ޓަރމިނަލްގެ އާ ސެކިއުރިޓީ ޢިމާރަތް ހުޅުވައިފި


މޯލްޑިވްސް ޕޯޓްސް، ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އާ ސެކިއުރިޓީ ޢިމާރަތް ހުޅުވައިފިއެވެ. މި ޢިމާރަތް ހުޅުވާފައިވަނީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އާ ސެކިއުރިޓީ ބިލްޑިންގް ހުޅުއްވައިދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީއެވެ. އަދި އެޓަރމިނަލަށް ވަނުމަަށާއި ނުކުތުމަށް ޒަމާނީ ފެންވަރުގެ ސަލާމަތީ ދޮރޯށިތައް ޤާއިމްކޮށްފައިވެއެވެ. މި ދިރޯށިތައް ހުޅުވައިދެއްވީ އެޗްޑީސީގެ މޭނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙުމަދާއި ކޮމިޝަނަރ ޖެނެރަލް އޮފް މޯލްޑިވްސް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ.

މި ޙަލްފާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވަނީ އެމްޕީއެލްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލަށް އޮތް ޑިމާންޑު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިއާއެކު އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

"2015އިން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 60،000، . 20 ފޫޓާއި އިކުއިވެލަންޓު ޔުނިޓްސް މިވަނީ ކުލިއާ ކުރެވިފައި، މިހާރު އިޤްތިސާދު އިއާދުވަމުން އަންނަ އިރު، މިހާރު ހުޅުމާލެ ޓާމިނަލުން އެވްރެޖްކޮށް 60އާއި 70 ޓީއީޔޫސް ކޮންޓެއިނަރ ކެނޑި ހުޅުމާލެ ތެރެއަށްދޭ.،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުވަނީ ފާއިތުވީ 3 އަހަރުތެރޭ ހުޅުމާލެ ޕޯޓުގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮފީސް ޖާގައިގެ ދަތިކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދުވަނީ އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގެ އޮފީސް ޢިމާރާތަށް ބިމެއް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

" އޮފީސް ޢިމާރަތެއްގެ ކަންތައް ބަލަމުން މިދަނީ، އެގޮތުން ޕޯޓާއި މާ ދުރުނޫން ހިސާބަކުން އެމްޕީއެލްގެ އޮފީސް ޢިމާރާތެއް އެޅުމަށް ބިމެއް ހަމަޖައްސައިދޭނަން،" ސުޙައިލް ވިދާޅުވިއެވެ.

ސުހެއިލް ވިދާޅުވީ ހުޅުމާލޭ ލޯކަލް ޕޯޓުގެ ޚިދުމަތް ފުޅާކުރުމަށްވެސް އެމްޕީއެލްއާ ގުޅިގެން މަސައްކަތް ކުރެވެމުންދާކަމަށެވެ. އެގޮތުން ލޯކަލް ޕޯޓު ބޭނުންކުރަނީ އަމިއްލަ ފަރާތްތަކުން ހުޅުމާލެއަށް މުދާ ގެނައުމަށްވުމުން، މި ޙިދުމަތް އާއްމުންނަށް ފަސޭޙަކަމާއި އެކު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއްކަމަށް ސުޙައިލް ވިދާޅުވިއެވެ.

މިޙަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢަބްދުﷲ ޝަރީފު ވިދާޅުވީ ކަސްޓަމްސްގެ މައިގަނޑު ޒިންމާތަކުގެތެރޭގައި ޤަވާއިދާ ޚިލާފަށް ތަކެތި އެތެރެވުން ހުއްޓުވުން ހިމެނޭއިރު މިކަމަށްޓަކައި ޒަމާނީ ވަސީލަތްތަށް ބޭނުންވާ ކަމަށެވެ.

" ޑްރަގުގެ ކަންތައް ހުއްޓުވުމަށް އެބަޖެހޭ ދުނިޔޭގައި ކަންހިނގާގޮތްތަކަށް ބަލައި، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެކަންތަތައް ދެނެގަނެވޭނެގޮތަށް ޕޯޓުތަކުގައި އެ ވަސީލަތްތަށް ޤާއިމްކުރަން،" ޢަބްދުﷲ ޝަރީފު ވިދާޅުވިއެވެ.

އެމްޕީއެލްގެ ހުޅުމާލެ ޕޯޓަކީ ކުރިން ހުސް ކޮންޓެއިނަރ ބަހައްޓާނެ ޖާގައެއްގެގޮތުގައި ބޭނުންކުރަން ފެށި ތަނެކެވެ. އަދި މިތަން އިތުރަށް ތަރައްޤީކޮށް، މުދާ ކުލިއަރކުރުމުގެ ޚިދުމަތް ފެށީ 2015ވަނަ އަހަރުއެވެ.