ޚަބަރު

މޫސުމަށް ސަމާލުވުމަށް ޑިޒާސްޓަރއިން އިލްތިމާސްކުރައްވައިފި


ކުރިއަށް އޮތް ސައުވީސް
ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ރައްކާތެރިވުމަށް
ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ. 

މިރޭ އެސެންޓަރުން
ނެރުއްވާފައިވާ ބަޔާނެއްގައި، ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް
ސަމާލުކަންދީ، ފެންބޮޑުވެ ތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފާ ގެންގުޅޭ
ތަކެތި އަދި އިލެކްޓްރޯނިކްސް ސާމާނު ރައްކާތެރި ތަނެއްގައި ބެހެއްޓުމަށް
އެދިފައިވެއެވެ. އަދި
ގޭތެރެއަށް ފެން ނުވަންނަހެން ވެލި ބަސްތާފަދަ ތަކެތި ޖެހުމާއި، ގުގުރުމާއެކު
ވިއްސާރަ ކުރާ ނަމަ ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުމަށް ޑިޒާސްޓަރ
މެނޭޖްމެންޓް ސެންޓަރުން އިލްތިމާސް ކުރައްވައެވެ.

މޫސުމާ ބެހޭ ޤައުމީ
އިދާރާއިން މޫސުން ކުރިއަށް
ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ  އެކިހިސާބަށް ވިއްސާރަ
ކުރާނެ ކަމަށާއި،  އަދި ބައެއް
ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. އަދި ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ
ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
އަދި މިވަގުތުތަކުގައި
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި  ގަދަވާނޭކަމަށްވެސް
މޫސުމާ ބެހޭ އިދާރާއިން ލަފާކުރަށްވައެވެ.