ޚަބަރު

ކޯވިޑްގައި ރާއްޖޭގައި ނިޔާވި މީހުންގެ ޢަދަދު 240އަށް


ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 240އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 44 އަހަރުގެ ދިވެހި އަންހެނަކު ރޭ ފަތިހު 3:15 ހާއިރު ނިޔާވެފައިވާކަމަށެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޢަދަދު 240އަށް ވަނީ އަރާފައެވެ.

ކޯވިޑް ބަލީގައި މިދިޔަ ހޯމަ ދުވަހުވެސް މީހަކު ވަނީ ނިޔާވެފައެވެ. އެއީ އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންގެންދިޔަ ދިވެއްސެކެވެ.

ކޯވިޑް ބައްޔަށް ހުށަހެޅޭ މީހުންގެ ޢަދަދުވެސް މަދުވެފައިވާއިރު މިބަލީގައި ނިޔާވާ މީހުންގެ ޢަދަދުވެސް ވަނީ މަދުވެފައެވެ. އެހެން ދިމާވުމުގެ އެއް ސަބަބަކަށް ވެކްސިން ވެދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.