ކުޅިވަރު

ފަހު 20 މިނިޓުގަ ޖެހި ލަނޑުތަކުން ބަޔާން އަށް މުހިންމު މޮޅެއް


ފަހު 20 މިނިޓުގައި ކާމިޔާބުކުރި ހަތަރު ލަނޑާއެކު ގުރޫޕުގައި 5 ޕޮއިންޓުގެ ލީޑެއް ބަޔާން މިއުނިކުން ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅެ ބާޔާން މިއުނިކް މެޗު ކާމިޔާބުކުރީ ބެންފީކާއާ ވާދަކޮށް 4-0 ލަނޑުންނެވެ. މެޗުގައި ބަޔާން ޖެހި ހުރިހާ ލަނޑެއް ވެސް ފެނިގެން ދިޔައީ ފަހު 20 މިނިޓުގައިއެވެ. ބަޔާންގެ ލިއޮރީ ސާނޭ ދެލަނޑު ޖެހިއިރު އޭނާ ވަނީ އިތުރު އެއްލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ދެން ބަޔާންއަށް ލަނޑު ކާމިޔާބުކުރީ ރޮބާޓް ލެވޮންޑެސްކީއެވެ. ބަޔާން ޖެހި އަނެއް ލަނޑަކީ ބެންފީކާގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަތްލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފްގައި ބެންފިކާއިން ފޮނުވޮލީ ނުރައްކާތެރި ދެ ހަމަލާއެއް ބަޔާންގެ ކީޕަރު މެނުއަލް ނޯއާ ވަނީ ދިފާއު ކޮށްފައެވެ. މި ނަތީޖާއެކު ބަޔާން އިން ވަނީ ގުރޫޕުގައި މިހާތަނަށް ކުޅުނު ތިންމެޗު ވެސް ކާމިޔާބުކޮށްފައެވެ. ރޭގައި މިގުރޫޕްގައި ބާސެލޯނާއިން ވަނީ ޔުކްރޭންގެ ޑައިނަމޯ ކިއޭވް އަތުން ހަނިގޮތަކަށް 1-0 ލަނޑުން މޮޅުވެފައެވެ. ބޔާން ގުރޫޕްގެ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކުއެވެ. ބަޔާން ތިން މެޗުން 9 ޕޮއިންޓު ހަމަކޮށްފައެވެ.

ދެވަނައިގައި ބެންފީކާ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ބެންފީކާއަށް ވުރެ އެއްޕޮއިންޓު މަދުން ހޯދައިގެން ބާސާ އޮތީ ގުރޫޕުގެ ތިންވަނައިގައެވެ. ޑައިނަމޯ ކިއޭވް އޮތީ އެއްޕޮއިންޓާއެކު ގުރޫޕުގެ ފުލުގައިއެވެ.