ޑޮނާޑް ގާރމެންޓް ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިހާދިސާގެ ރިޕޯޓް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުނީ ހަވީރު 16:49 ހާއިރުއެވެ.
މިއިމާރާތުގެ 3 ފަންގިފިލާގައި ރޯވި އަލިފާން 17:09 ހާއިރު ނިއްވާލެވިފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.