ޚަބަރު

އަލިފާނުގެ ޙާދިސާ ހިނގީ "ސީގަލް"ގެ މުވައްޒަފުން ދިިރިއުޅޭ ޢިމާރާތުގައި


އަމީނީމަގުގައި ހުންނަ "ސީގަލް" ޢިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ޢިމާރާތުގެ 4ވަނަ ފަންގިފިލާގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާލިބުނުކަމުގެ މަޢުލޫމާތެއް މިހާތަނަކަށް ނުލިބެއެވެ.

އެ އިމާރާތުގައި އަލިފާން ރޯވުމުގެ ސަބަބުން ވަގުތުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރިވަސްއިން ވަގުތުން އެތަނަނަށް ގޮސް ވަނީ އަލިފާން ނިންވާލާފައެވެ. އަދި އެމްއެންޑީއެފްއާއި ފުލުހުން ވަނީ އެ އިމާރަތުގައި އެވަގުތު ތިބި މީހުން އިމާރާތުން ނެރެފައެވެ. އަލިފާން ރޯވެފައި ހުރި ވަގުތު އިމާރާތުގެ ބައިބައި ވަނީ މަގުމައްޗަށް ވެއްޓިފައެވެ. އަދި ބޭރުން ބަލާ ބެލުމަށް ވަރަށްބޮޑަށް އަނދާފައިވާކަން ފާހަގަކުރެވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ އެ އިމާރާތުގެ 4 ވަނަ ފަންގިފިލާއަކީ "ސީގަލް" ކެފޭގައި މަސައްކަތް ކުރަމުންދާ ބޭރު މުވައްޒަފުން ދިރިއުޅެމުން އައި ފަންގިފިލާއެވެ. އަދި އެ އިމާރާތުގައި ދެން ހުރި ފަންގިފިލާތަކަކީ ގުދަނުގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއްކަމަށް މަޢުލޫމަތު ލިބެއެވެ. މިހާދިސާ ހިގަން މެދުވެރިވި ސީދާ ސަބަބު ނޭގުނުނަމަވެސް މަޢުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވީ އެސީއަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.