ވިޔަފާރި

ރިޒަލްޓް އެގްރީމެންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި


ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތްކުރާ ގޮތާއި ކުންފުނިތަކުގެ ހާލަތު ދެނެގަނެވޭނެ ރިޒަލްޓް އެގްރީމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.މިފަދަ ރިޒަލްޓް އެގްރީމެންޓްގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކުރާ ގޮތްތަކާއި، ހިންގާ ކަންކަމާއި، މާލީ ހާލަތު އާންމުންނަށް އެނގޭނެ އިންތިޒާމްތައް ހަމަޖެހިގެން ދާނެކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން މަޢުލޫމާތު ދެއްވައެވެ.ރިޒަލްޓް އެގްރީމެންޓް ތައްޔާރުކުރަން ފެށުމުގެ ގޮތުން އެފަދަ އެގްރީމެންޓް ޑްރާފްޓް ކުރުމާއި ގުޅޭގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހޭލުންތެރިކުރުމުގެ 2 ދުވަހުގެ ވޯކްޝޮޕެއް ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ވަނީ ފައްޓަވާފައެވެ. މި ވޯކްޝޮޕް ފައްޓަވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެބޯޑްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، ރިޒަލްޓް އެގްރީމެންޓްގެ އެހީގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕާރމެންސް އިތުރު ކުރެވިގެންދާނެ ކަމަށެވެ.