ޚަބަރު

ކަރަންޓު ކެނޑުމުން 4 ޢިމާރާތެއްގައި މީހުން ތާށިވި


މިއަދު މާލޭގެބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން މާލޭގެ 4 އިމާރާތެއްގައި މީހުން ތާށިވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މީގެތެރެއިން 3 އިމާރާތެއްގެ ލިފްޓް ހުޅުވައިދީ އެހީތެރިކަން ފޯރުކޮށްދީފަވާކަމަށެވެ. އަދި 3ވަނައަށް ހިމެނޭ މާލޭ ގްރޭންޑްގެ ލިފްޓް ހުޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ކަރަންޓު ދިއުމުގެ ސަބަބުން ދެން ލިފްޓަށް މައްސަލަދިމާވީ ކުރީގެ އާލިއާ ސްކޫލާއި، ވެލާނާގެއާ، މޯލްޑިވިއަންގެ އިމާރާތަކަށެވެ.
މާލޭގެ ބޮޑު ސަރަޙައްދަކުންވަނީ މިއަދު ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ދިޔައީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށާ، އެކަން ޙައްލުކުރަމުންދާކަމަށެވެ.