ކުޅިވަރު

އިންގްލެންޑް ވޯލްޑްކަޕަށް ކޮލިފައިވުމާ ގާތަށް


ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އައި ގައި އިންގްލަންޑާއި އެންޑޯރާ ބައްދަލުކުރިމެޗް އިންގްލަންޑް ކާމިޔާބުކޮށް މިއަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވުމާއި ގާތަށް ޖެހިލައިފިއެވެ. އެންޑޯރާގައި ކުޅުނު މިމެޗް އިންގްލަންޑް ކާމިޔާބުކުރީ 5 ލަނޑު ސުންލަނޑުންނެވެ.

އިންގްލަންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިމިޔަ މިމެޗްގައި މުޅިމެޗް އިންގްލަންޑުން ކޮންޓްރޯލް ކުރިއިރު ގިނަ ހަމަލާތަކެއްވެސް ވަނީ އުފައްދާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހައިދިނީ އިންގްލަންޑްގެ ބެން ޗިލްވެލްއެވެ. މިއީއޭނާ އިންގްލަންޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި ދެވަނަ ވަނަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ބުކާޔޯ ސާކާއެވެ. މިމެޗްގައި އިންގްލަންޑްގެ 3 ވަނަ ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ޓެމީ އަބްރަހަމް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަތަރުވަނަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއްގެ ރީބައުންޑުން ކާމިޔާބުކޮށްދިނީ ޖޭމްސް ވާރޑް ޕްރޯސްއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހައިދިނީ ޖެކް ގްރީލިޝްއެވެ. މިއީ ގްރީލިޝް އިންގްލަންޑް ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ރޭގެ މެޗްގައި ކެޕްޓަން ހެރީ ކޭން ނުކުޅެއެވެ. އަދި ފިލް ފޯޑަންވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިކާމިޔާބީއާއެކު އިންގްލަންޑް މިހާރުވަނީ ކުޅުނު 7 މެޗުން 19 ޕޮއިންޓް ހޯދާފައެވެ. މިގްރޫޕުން ދެވަނައިގާއުޅޭ އަލްބޭނިއާއަށް ލިބިފައިވަނީ 7 މެޗުން 15 ޕޮއިންޓެވެ. އަލްބޭނިއާ ރޭ ވަނީ ހަންގޭރީ އާއި ބައްދަލުކުރިމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ.