ވިޔަފާރި

ލިވިން އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި


މިއަހަރުގެ ލިވިން އެކްސްޕޯގެ ޕާޓްނަރުންނާއިއެކު ސޮއިކޮށްފިއެވެ. މިއަހަރުގެ އެކްސްޕޯ އޮންނާނީ ނޮވެމްބަރ މަހުގެ 18އިން 20އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ

  • ސަޕޯޓިންގ ޕާޓްނަރ: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
  • ޕްލެޓިނަމް ޕާޓްނަރ: އެމްއެމް އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް
  • ކޯސްޕޮންސަރ: ސެންޑަލް މޮރިޝަސް
  • ސަޕޯޓިންގ ޕާޓްނަރ: މެޑްޓެކް
  • ކީ- ސަޕޯޓިންގ ޕާޓްނަރ: އެޕިކް ޝެލްޓަރ
  • އިންޝުއަރެންސް ޕާޓްނަރ: އެލައިޑް އިންޝުއަރެންސް
  • ބެވަރޭޖް ޕާޓްނަރ: ކޮކާކޯލާ
  • ޕޮޓޯގްރަފީ އެންޑް ވީޑިއޯގްރަފީ ޕާޓްނަރ: ހާފްކޯޓް މޯލްޑިވްސް
  • ސެކިއުރިޓީ ޕާޓްނަރ: އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ސޮލިއުޝަން

މި އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒްއިން ބުނީ މިއަހަރުގެ ލިވިން އެކްސްޕޯގައި ކޯވިޑް-19ގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއެކުވެސް އާ ޢާއްމު ޙާލަތުގައި ގެދޮރުވެރިކަމާއި ގެދޮރުވެރިކަމާ ގުޅުންހުރި ދިރިއުޅުމަށްބޭނުންވާ ތަފާތު އެކި މަޢުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.

މިއީ ލިވިން އެކްސްޕޯ ބާއްވާ 9ވަނަ އަހަރެވެ. މިއަހަރުގެ އެކްސްޕޯގައި އެކްސްޕޯގެ ޕާޓްނަރުންނާއި، ސްޕޮންސަރުންގެ އެއްބާރުލުމާއެކު އެންމެ އަގުބޮޑު އިމާރަތްތަކުން ފެށިގެން އަގު ހެޔޮ އިމާރަތްތަކާއި ދިރިއުޅުމަށް ބޭނުންވާ ތަފާތު އެކި ތަކެއްޗާއި ހިދުމަތްތައް އެއްތަނަކުން ދައްކާލެވިގެންދާނެކަމަށް ހައިރައިޒްއިން ބުނެއެވެ.

ލިވިން އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވީ 2013ވަނަ އަހަރުއެވެ. ލިވިން އެކްސްޕޯގައި ޢާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެކަމަށް ހައިރައިޒްއިން ބުނެއެވެ.