ވިޔަފާރި

އެމްއޭސީއެލްއަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށް ދިނުން އެސްޓީއޯއަށް


އެމްއޭސީއެލްއަށް، އޭވިއޭޝަން ޖެޓް އޭ 1 ފިއުލް އަދި މެރިން ގޭސް އޮއިލް ސަޕްލައިކޮށް ދިނުމުގެ އެއްބަސްވުމެއްގައި އެސް.ޓީ.އޯއިން ސޮއިކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު މުޙައްމަދު ރަޝާދެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓޫވަރޓްއެވެ.

މި އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ޑީސެލް އެސް.ޓީ.އޯއިން ސަޕްލައި ކޮށްދޭނެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެސް.ޓީ.އޯ.އިން ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން އިތުރު އެއްއަހަރާއި ހަމަސް ދުވަހަށް އާކޮށްފައިވާއިރު އެސްޓީއޯއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް މެދު ނުކެނޑި ތެޔޮ ސަޕްލައި ކޮށްދޭތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތެޔޮ ސައިޕްލައި ކޮށްދިނުމުގެ އިތުރުން، ކައްދޫ، ކާޑެއްދޫ، އަދި ހަނިމާދޫ އެއަޕޯޓުގައި އޭވިއޭޝަން ރިފިއުލިންގ ޚިދުމަތް ދެނީ އެސްޓީއޯއިންނެވެ.