ދުނިޔެ

ރަޝިޔާ މަނަވަރުގެ ހަމަލާތަކެއް ތުރުކީ ބޯޓަކަށް!


އެޖިއަން ކަނޑުގައި ދަތުރުކުރަމުން ދިޔަ ތުރުކީވިލާތުގެ ބޯޓަކަށް އެސަރަހައްދުން ދަތުރުކުރަމުން ދިޔަ ރަޝިޔާގެ ކަނޑުގެ އަސްކަރީ މަނަވަރަކުން އިންޒާރުގެ ހަމަލާތައް ދީފައިވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.ރަޝިޔާގެ ދިފާޢި ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުރުކީވިލާތުގެ މި ބޯޓަށް އިންޒާރުގެ ހަމަލާތައް ދިނީ، މަނަވާރާ މުވާސަލާތީ ގޮތުން އެއްވެސް ގުޅުމެއް ބާއްވަން ދެކޮޅު ހެދުމުން ކަމަށެވެ. މި ގޮތުން ރޭޑިއޯ މެދުވެރިކޮށް ދެ އުޅަނދުގެ ދެމެދު މުވާސަލާތީ ގުޅުން ބާއްވަން މަސައްކަތް ކުރި ކަމަށާ އެހެން ނަމަވެސް ތުރުކީވިލާތުގެ ބޯޓުން އެއްވެސް އިޝާރާތެއް ކޮށްފައި ނުވާ ކަމަށް ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވަނީ ބުނެފައެވެ.މިމައްސަލައިގައި ރަޝިޔާއިން ވަނީ އެގައުމުގައި ހުންނަ ތުރުކީ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ، ދިފާޢީ ވުޒާރާއަށް ހާޒިރުކޮށްފައެވެ.  މި ޙާދިސާއާ ބެހޭ ގޮތުން ތުރުކީވިލާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.