ކުޅިވަރު

ނައޯމީ ދުނިޔޭގެ ރޭންކިންގ ގެ ގަދަ ދިހަޔަކުން ބޭރުވެެއްޖެ


2018 ވަނަ އަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ފަހުން ފުރަތަަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގ ގެ ގަދަ ދިހަޔަކުން ނައޯމީ އޮސާކާ ކަޓައިފިއެވެ. ދުނިޔޭގެ ރޭންކިންގ ގެ އެއްވަނަ މަގާމުގައިވެސް ކުރިން އޮތް ނައޯމީ މިހާރު އުޅެނީ 12 ވަނައިގައެވެ.

ނައޯމީ ވަނީ މިސީޒަންގައި ފްރެންޗް އޯޕަންއިން ވަކިވެ އަދި ވިމްބަލްޑަން ޓެނިސް މުބާރާތުގައި ސިއްހީ ގޮތުން އަރާމް ކުރުމަށްޓަކައި ބައިވެރިވުން މަޑުޖައްސާލާފައެވެ. އަދި ޔޫއެސް އޯޕަންގެ ތިންވަނަ ބުރުން ބަލިވުމާއި އެކުވެސް މިސީޒަންގގެ ބާކީ މުބާރާތްތަކުގައިވެސް އޭނާވަނީ ބައިވެރި ނުވާން ނިންމާފައެވެ.
ރޭންކިންގ އަށް ބަލާލާއިރު މިފަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރި 18 އަހަރުގެ އެމާ ރަޑުކާނޫ މިހާރު އުޅެނީ 22 ވަނައިގައެވެ. އަދި އޭނާ އެމުބާރާތަށްފަހު ކުޅޭ ފުރަތަމަ މުބާރާތަކަށް ވެގެން ދާނީ މިރޭ ފެށުމަށް ހަމަޖެހިފައިވަ އިންޑިއަން ވެލްސް މުބަރާތެވެ.

މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އަޕަރ އޮސްޓްރިއާ ލޭޑީޒް ލިންޒްގައި ވެސް ބައިވެރިވާކަން ހާމަކޮށްފައެވެ. ނައޯމީ ހާމަކުރިގޮތުގައި އޭނާ ވަރަށް އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެއެވެ.