ޚަބަރު

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ނިންމާލައިފި


ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ކުރިއަށް ގެންދިޔަ ގައުމީ ދުވަހުގެ
ރަސްމީ ހަރަކާތްތައް ނިންމާލައިފިއެވެ.



ރަސްމީ ހަރަކާތްތައް ނިންމާލާފައިވަނީ، ރޭ އެ ރަށުގައި ބޭއްވީ ޚާއްސަ
މިއުޒިކް ޝޯއަކުންނެވެ. ޝޯގައި ލަވަތައް ހުށަހަޅާދީފައިވަނީ، އެންސީއޭގެ ބޭންޑާއި،
ކޮޕްސް ބޭންޑުންނެވެ.



ސާދަސަތޭކަ ތިރީސް ހަތްވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް
އުތީމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބާރަ
ޖެހިއިރުވަނީ، ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު، އެ ރަށުގައި ހުންނަ
މުހައްމަދު ތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބާއްވާފައެވެ.



ހޮނިހިރު ދުވަހުގެ ހަވީރު ކަޅުއޮތްފުންމި ރަސްމީކޮށް އިފްތިތާހު
ކުރެއްވުމާއި، ހޮނިހިރު ދުވަހުގެ ރޭ އުތީމު ގަނޑުވަރު ކުރިމަތީގައި އެމްއެންޑީއެފުން
ހުށަހަޅައިދިން އޮކެސްޓްރާ ޝޯ އަކީވެސް ގައުމީ ދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ
ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.



އެއަށްފަހު އާދީއްތަ ދުވަހު ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް
ގައްޔޫމް ވަނީ އުތީމަށް ވަޑައިގެން، އެ ރަށުގެ ބަނދަރުގައި އެމްއެންޑީއެފްއިން
ހަދާފައިވާ ކަޅުއޮށްފުންމީ ހަނދާނީ ބިނާ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާ، އެރަށުގައި ބޭއްވި، ގައުމީ ދުވަހުގެ ޚާއްޞަ
ޖަލްސާވެސް ޝަރަފުވެރި ކޮށްދެއްވާފައެވެ.



ގައުމީ ދުވަސް މިއަހަރު އުތީމުގައި ކުލަގަދަކޮށް ފާހަގަކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ
ނިންމެވުމެއް ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.