ޚަބަރު

ދިވެހިންގެ ބަސް އުފުލޭވަރުގެ ބަޔަކަށް ރާއްޖެވުމަކީ އުއްމީދެއް


ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ، ދުނިޔޭގެ
މައިދާންތަކުގައި ދިވެހިންގެ އަމިއްލަ ވަސީލަތްތަކާއި އެކީ ދިވެހިންގެ ބަސް
އުފުލޭވަރުގެ ދައުލަތަކަށް ވެގެންދިޔުން އެއީ ދިވެހިރާއްޖެއާމެދު ކުރައްވާ
އުންމީދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ވިދާޅުވެއްޖެއެވެ.  



ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ޤައުމީ ދުވަސް
ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ފާހަކަފުޅުދަކަވަމުން
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ
ހުވަފެނަކީ، ދިވެހިރައްޔިތުންގެ އަމިއްލަ ބޭނުންތައް ފުއްދޭވަރުގެ ބަޔަކަށް ދިވެހި
ފަރުދުން ވެގެން ދިޔުންކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިން އެންމެ
އަޅާނުލައި އިހްމާލުކޮށްލެވިފައިވާ، ގިންތި ކަމުގައިވާ ކުޑަކުދިންނާއި،
އަންހެނުންނަކީވެސް މުޖުތަމައުގެ ބައެއްކަމުގައި ދެކިގެން އެފަރާތްތަކަށް ލިބެންވާ
ހައްޤަކީ ޤާނޫނުގެ އަކުރަކުން ލިބެންވާ ޙައްޤަކަށް ވެގެން ނުވާނެކަމުގައި ވެސް ރައީސް
ވިދާޅުވިއެވެ.



ރައީސްގެ ވާހަކަފުޅުގައި ތަރައްޤީވެފައިވާ ސިންގަޕޫރާއި
އެއް ފެންވަރަށް ރާއްޖެ ނާންނާތީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަވާކަން
ފާހަގަކުރައްވަމުން، ރައީސް ޔާމީން ވަނީ ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫގެ
ސިޔާސަތުތަކުގެ މައްޗަށް އަލިއަލުވާލައްވާފައެވެ.



ރައީސް ޔާމީން ވިދާޅުވީ، ސިންގަޕޫރުގެ ރައްޔިތުންނަކީ
ވަރަށް ވަރުގަދަ އަޚުލާގެއްގެ މަތީގައި ތިބޭބައެއްކަމަށާއި، އެއީ އެގައުމަށް މިއަދު
ލިބިފައިވާ ތަރައްގީއާއި ކުރިއެރުމުގެ އަސްލުކަމަށެވެ. އަދި އެސިޔާސަތު އެންމެ
ބޮޑަށް އަމާޒުކުރެވިފައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ބޮޑަށް ސިންގަޕޫރުގެ
ރައްޔިތުންގެ އަޚްލާގު ރަނގަޅު ކުރެއްވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި
ސިންގަޕޫރު މިއަދު ދެކެމުންދާ ތަރައްޤީގެ ފަހަތުގައިވަނީ މި ހަރުދަނާ
ސިޔާސަތުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ރައީސް ޔާމީން ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ބަލިމަޑުކަން
އުފެދިގެން މިއުޅެނީ އަޚްލާޤިއްޔަތަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީކަމުގައެވެ. ޖޯގްރަފީގެ
ގޮތުން މުއްސަނދި ސަރަހައްދެއްގައި ދިވެހިރާއްޖެ އޮތްކަން އެންމެންވެސް
ގަބޫލުކުރައްވާކަމަށާއި، އައިހެވަންގެ ވާހަކައާއި މިސަރަހައްދުގެ ވިޔަފާރީގެ
ހަބަކަށް ހައްދަވަން ވާހަކަދެވެވެމުންދާއިރު ދިވެހިންނަކީވެސް ރަނގަޅު
އަޚުލާގިއްޔަތެއްގައި މަތީގައި ތިބެންވާ ބަޔެއްކަން މާޒީގައި ހިނގާފައިވާ
ކަންކަމުން ހާމަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.