ޚަބަރު

ފުލުހުން ތަހްޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ


ފުލުހުން ތަހްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން
މީހަކު ހޯދަން އިއުލާންކޮށްފިއެވެ.



ފުލުހުން ވިދާޅުވީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން
ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދަނީ ދަފްތަރު ނަމްބަރު
9320، އުމުރުން 40 އަހަރުގެ ޙަސަން އަޙްމަދު ދީދީއެވެ.



އޭނާ ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން
ތަހުޤީޤު ކުރަމުންދާ ދިވެހިރާއްޖޭގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ރާއްޖެއަށް
އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގޭގައި
ބަންދުކުރެވިފައިވަނިކޮށް، ކޯޓަށް ހާޒިރުކުރުމަށް ގެންދަން ބެލިބެލުމުން ބަންދުކުރެވިފައިވާ
އެޑްރެހުގައި ނޫޅޭތީކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިހާތަނަށް ފުލުހުން ކުރި
މަސައްކަތުން އޭނާ އުޅެމުންދާ އެޑްރެހެއް އެނގިފައިނުވާކަމަށްވެސް ފުލުހުން
ވިދާޅުވެއެވެ.



ވީމާ މީނާ އާ ބެހޭ އެއްވެސް މަޢުލޫމާތު ލިބިފައިވާނަމަ
އެމަޢުލޫމާތެއް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9792498
ނުވަތަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް
ފުލުހުން އެދިވަޑައިގެންނަވައެވެ.