ޚަބަރު

ކަޅުއޮށްފުންމީގެ ހަނދާނީ ބިނާ ރައީސް އިފްތިތާހުކޮށްދެއްވައިފި


ކަޅުއޮށްފުންމީގެ ހަނދާނީ ބިނާ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް އިފްތިތާހުކޮށްދެއްވައިފިއެވެ.  



ހއ. އުތީމު ބަނދަރު
ސަރަޙައްދުގައި ހަދާފައިވާ ކަޅުއޮށްފުންމީގެ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ
ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މިއަދު ހެނދުނު އުތީމުގައި ބޭއްވި ޚާއްސަ
ރަސްމިއްޔާތެއްގައެވެ.



މިބިނާއަކީ
ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް
ޑިފެންސް ފޯސް ގުޅިގެން ހެދި ބިނާއެކެވެ. ބިނާ ހެދުމުގެ މަސައްކަތް ފަށާފައިވަނީ 25
ނޮވެމްބަރ 2015 ގައެވެ. އުތީމުގެ ބަނދަރު ސަރަހައްދުގައި ކަޅުއޮއްފުއްމި އަސްލަކަށް
ބަލައިގެން ހެދި މި ބިނާގެ ދިނުމިނުގައި 36 ފޫޓް ހުރެއެވެ.



މިބިނާ ކޮންކްރީޓް ސިމެންތިން ހަދާފައިވާއިރު، ހުންގާނާއި ކުނބު ހަދާފައިވަނީ ކުނބުންނެވެ. 



މިބިނާ  ހެދުމުގެ މަސައްކަތް ކުރައްވާފައިވަނީ ސިފައިންގޭގައި ތިބި، ކަމަށްޤާބިލު
ފަންނުވެރި ސިފައިންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.



އެމްއެންޑީއެފުން
ވިދާޅުވީ މިބިނާ ހެދުމަށް މަސައްކަތް ކުރިއަށްދިޔައިރު، އުތީމު ރަށު ކައުންސިލާއި
ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށެވެ.