ޚަބަރު

ޤައުމީ ދުވަހުގެ ޖަލްސާއަށް ރައީސް އުތީމަށް


ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ހއ.އުތީމަށް ވަޑައިގެންފިއެވެ.



ރައީސުލްޖުމްހޫރިއްޔާ އުތީމަށް ވަޑައިގަތުމުން، އުތީމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ހޯމް މިނިސްޓަރުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި ހއ.އަތޮޅު ކައުންސިލާއި، ހއ.އުތީމު ކައުންސިލުގެ މެމްބަރުންންވެސް ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ވަޑައިގަތެވެ. 

ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިއަދު ހެނދުނު ދިހައެއްޖަހާއިރު ހއ އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ.
 މިޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ޤައުމާ މުޚާތަބުކުރައްވާނެއެވެ.



 ޤައުމީ ދުވަސް
ފާހަގަކުރުމުގެ ޙަރަކާތްތައް ހުކުރުދުވަހުގެރޭ މެންދަމު ބާރައިން ފެށިގެން ހއ.އުތީމުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.



ޤައުމީ ދުވަހަށް މުޅިި އުތީމު ވަނީ ޤައުމީ ދިދައާއި ކުލަބޮކިތަކުން
ޒީނަތްތެރިކޮށްފައެވެ.