ޚަބަރު

މިއަދު ކޯވިޑަށް ޕޮޒިޓިވްވީ 89 މީހުން


ރާއްޖެއިން އިތުރު 89 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު 84،800އިން މައްޗަށް އަރައިފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވީ ރަށްރަށުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑަށް އަލަށް ޕޮޒިޓިވްވި 89 މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައި ވަނީ 31 މީހުންނެވެ. އަތޮޅުތަކުގެ ރަށްރަށުން 50 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރިސޯޓްތަކުން 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކޯވިޑަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 84،809އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 1591 މީހުންނެވެ. އަދި އޭގެތެރެއިން 21 މީހުންނަށް ފަރުވާދެމުން ގެންދަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 99 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 82،974 އަށް އަރާފައެވެ.

ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4160 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 231 މީހުން ވަނީ ނިޔާވެފައެވެ.