ކުޅިވަރު

6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ބަޔާން


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އީ ގައި ބަޔާން މިޔުނިކާއި ޑީނަމޯ ކިޔެވް ބައްދަލުކުރިމެޗް ފަސޭހަ ކަމައެކު ބަޔާން ކަމިޔާބުކޮށްފިއެވެ. ބަޔެންގެ ދަނޑުގައި ކުޅުނު މިމެޗް ބަޔާން ކާމިޔާބުކުރީ 5 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ބަޔާންގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ރޮބަޓް ލެވަންޑޯސްކީއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހައިދިނީވެސް ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ މިހާރުވަނީ އޭނާ އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު 6 މެޗްގައި ވެސް ލަނޑު ޖަހާފައެވެ. މިމެޗްގައި ބަޔާންގެ ތިންވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ސަރޖީ ގިނެބްރީ ޖަހައިދިންއިރު ހަތަރުވަނަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހައިދިނީ ލިރޯއި ސާނޭއެވެ. އަދި ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ އެރިކް މެކްސިމް ޗޯޕޯ މޯޓިންގއެވެ.

ބަޔާން މިހާރުވަނީ މިފަހަރުގެ ޗެމްޕިއަންސް ލިގުގައި މިހާތަނަށް ކުޅުނު ދެމެޗްގައި 8 ލަނޑު ޖަހާފައެވެ.

މިކަމިޔާބީއާއެކު ގްރޫޕް އީ ގައި ބަޔާން އުޅެނީ ކުޅުނު ދެމެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި އުޅެނީ ރޭ ބާސެލޯނާ ބަލިކުރި ބެންފީކާއެވެ.