ކުޅިވަރު

ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ޓީމުތައް މާލެ އައުން


އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރުމަށް ހަމަޖެހިފައިވާ ހުރިހާ ޓީމުތައް މާލެ އައިސްފިއެވެ. މިއަދު މެންދުރުފަހު މާލެ އައިސްފައިވަނީ ބަންގްލަދޭޝް ޓީމާއި، އިންޑިއާ ޓީމެވެ. ކުރިން ނޭޕާލާއި ސްރީލަންކާ ޓީމްވަނީ މާލެ އައިސްފައެވެ.

ރާއްޖެ އައި ޓީމުތަކަށް ވެލާނާ އިންޓަރނޭޝަލް އެއާޕޯޓް މަރުހަބާ ކިޔާފައިވަނީ އެފްއޭއެމްގެ އިސްބޭފުޅުންނެވެ. ޓީމްތައް މާލެ އައިސްފައިވާއިރު، ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއިން ތިބެނީ ހޮޓަލް ޖެންގައެވެ. ސްރީލަންކާ ޓީމް ތިބޭނީ ހުޅުލޭއައިލެންޑް ހޮޓަލްގައެވެ. އިންޑިޔާ ޓީމް ތިބެނީ ޕެރަޑައިޒް އައިލެންޑް ރިސޯޓްގައެވެ. އަދި ނޭޕާލް ޓީމް ތިބެނީ ބަޑޮސްގަ. މީގެއިން ކޮންމެ ޓީމް މާލެ އައިސްފައިވާއިރު، ކޮންމެ ޓީމެއް މާލެއައުމާއެކުވަނީ ކޯވިޑް-19އަށް ޓެސްޓް ކޮށްފައެވެ. އަދި ކޮންމެ މެޗެއްގެ 24 ގަނޑިއިރު ކުރިން ދެ ޓީމް ކޯވިޑް-19އަށް ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފަކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.
އެފްއޭއެމުން ބުނީ މިމުބާރާތް ކުރިއަށްދާނީ އެޗްޕީއޭގެ ހާއްސަ ގައިޑް ލައިންއެއްގެ ދަށުންކަމަށް. އެގޮތުން އެއްވެސް ޓީމެއްގެ އެއްވެސް ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށްވެސް ބޭރަށް ދެވޭނީ ހަމައެކަނި މެޗު ކުޅުމަށާއި ޕްރެކްޓިސްއަށް އެކަނިކަމަށެވެ. އެނޫން ގޮތަކަށް އެއްވެސް ޓީމަކަށް ބޭރަށް ނުކުމެ އުޅުމުގެ ހުއްދައެއް ނޯންނާނެކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ފުރިހަމަކުރި ތަމްރީނުތަކަށް ފަހު، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުވެސް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖޭގައި ބޭއްވި ފަރިތަކުރުންތަކަށް ފަހު، 29 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު ގައުމީ ޓީމު ގަތަރަށް ފުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ޓީމު ފުރިއިރު، ވަގުތީ ގޮތުން ހަވާލުވެ ހުރި ކޯޗު އަލީ ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެ، ޓީމާއެކު ފުރޭ ގޮތް ނުވި ނަމަވެސް، ބަލިން ރަނގަޅުވެ ސުޒޭން ޓީމާ ގުޅެން ދޯހާއަށް ފުރީ މީގެ ހަފުތާއެއް ކުރިން މި މަހުގެ 20 ގައެވެ.

އެފްއޭއެމުން މިފަހަރުގެ ސާފް ޗެންޕިއަންޝިޕަށް ނެގި ޓީމުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިންނަކީ ސާފް ޗެންޕިއަންޝިޕްގައި އަލަށް ވާދަކުރާ ކުޅުންތެރިންނެވެ. އެކުޅުންތެރިންނަކީ މާޒިޔާގެ އިބްރާހީމް އައިސަމް، ޔޫވީގެ ޢަލީ ހައިޝަމް، ގޯލްކީޕަރު ޢަލީ ނާޖިހު އީގަލްސްގެ ރާއިފް އަޙުމަދު، މުޙައްމަދު ނާއިމް، ވެލެންސިއާގެ ކީޕަރު މުޙައްމަދު ޝަފީޢު އަދި ދަ ގްރާންޑޭގެ ޤާސިމް ސައްމާމުއެވެ.

2018ވަނަ އަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި ނެގި ޓީމުން ޖާގަ ގެއްލުނު ތަޖްރިކާބާރު 3 ކުޅުންތެރިންކަމަށްވާ ޢަލީ އަޝްފާޤު ދަގަނޑޭ އާއި އިސްމާޢީލް އީސައާއި، މުޙައްމަދު އުމެއިރަށް ވަނީ އަލުން ގައުމީ ޓީމުން ޖާގަ ދީފައެވެ.