ދުނިޔެ

ވައި ތަޣައްޔަރުވާ މައްސަލަ ހައްލުކުރުމަށް ޗައިނާއަށް ބޮޑުއެހީއެއް


ޗައިނާގެ ބެއިޖިންގްގެ ވައި ތަޣައްޔަރު ވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުން އެގައުމަށް 300 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމައިފިއެވެ.އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުން ބުނެފައިވަނީ، ޗައިނާގެ ވެރިރަށް ބެއިޖިންގްގެ ވައި ތަޣައްޔަރުވެ، ސިއްހަތަށް ގެއްލުންވާ ހިސާބަށް މިކަން ގޮސްފައިވާ ކަމަށާ މިކަމުގެ ސަބަބުން ބިނާކުރަނިވި ކުރިއެރުމުގެ މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ. އޭ.ޑީ.ބީގެ ލޯނުގެ ސަބަބުން ޗައިނާއިން ބޯޓު ދެލި ބޭނުންކުރާ މިންވަރު ދަށްކުރުމަށް އެހީވާނެ ކަމަށް ޚަބަރު ލިބެއެވެ. އަދި ލޯނުގެ ދަށުން އެހީވާނީ، ބެއިޖިންގާ އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކަށް ކަމަށް ވެސް އެބޭންކުން ވަނީ ބުނެފައެވެ.މި ސަރަހައްދުގައި 100 މިލިއަން މީހުން އުޅެމުންދާ ކަމަށާ މި ސަރަހައްދުގައި ހުރި ކާރުޚާނާތަކާ ކުންފުނިތައް ޗައިނާގެ އިޤްތިސާދު %10 ހިއްސާކުރާ ކަމަށް ވެސް އޭ.ޑީ.ބީ.އިން ވަނީ ބުނެފައެވެ.