ޚަބަރު

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޙަރަކާތްތައް ފަށައިފި


މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޙަރަކާތްތައް ފަށައިފިއެވެ.ޤައުމީ ދުވަހުގެ ރަސްމީ ޕްރޮގްރާމްތައް ފަށާފައިވަނީ، ހއ. އުތީމު ހަނދާނީ މަރުކަޒުގައި ރޭ 12 ޖެހިއިރު އޮތް ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުންނެވެ.މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ، ޤައުމީ ދުވަސް ނިސްބަތްވެ ވަޑައިގަންނަވާ ބޮޑުތަކުރުފާނުގެ އުފަންރަށް އުތީމުގައެވެ. މިއަދު އޮންނަ އެންމެ ޚާއްޞަ ކަމަކީ ކަޅުއޮށްފުންމީގެ ސިފަޔަށް ބަނދެފައިވާ، އޮޑި، މިއަދު ހަވީރު އިފްތިތާހުކުރުމެވެ.ޤައުމީ ދުވަހާއި ގުޅުވައިގެން އުތީމު ބަނދަރުގައި އެމްއެންޑިއެފުން ހަދާ، ކަޅުއޮށްފުންމި ހަނދާނި ބިނާ މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާއި މުޚާތަބް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައްެވެ.ޤައުމީ ދުވަހާއި ގުޅޭ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އުތީމުގައެވެ.