ކުޅިވަރު

ރެޑްބުލް ވިނިންގ 5ގެ ޗެމްޕިއަންކަން ރޮކް ސްޓްރީޓްއަށް


ރެޑްބުލް
ވިނިންގ 5ގެ ޗެންޕިއަންކަން ރޮކް ސްޓްރީޓް ހޯދައިފިއެވެ.



ނޮކްއައުޓް
އުސޫލުން ކުރިއަށްގެންދިޔަ މިމުބާރާތުގެ ފައިނަލް މެޗްގައި ރޮކް ސްޓްރީންޓް ކުރި
ހޯދާފައިވަނީ ބީވައިއެސްއާ ވާދަކޮށް ފަސް ލަނޑު ސުންލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމުބާރާތަަށް އަތޮޅު
ތެރެއިން ބާރަ ޓީމް ކޮލިފައިވެފައިވާއިރު، މާލެއިން އަށްޓީމް ރެޑްބުލް ވިނިންގް
ފައިވްގެ ފައިނަލްސްއަށް ކޮލިފައިވިފައެވެ. މަފަންނު ޓާފްދަނޑުގައި ކުރިއަށްދިޔަ
މިމުބާރާތުގެ ޗެންޕިއަންކަން ރޮކް ސްޓްރީޓް ހޯދުމާ ގުޅިގެން އެޓީމަށްވަނީ
ބްރެޒިލްއަށް ދިއުމުގެ ފުރުސަތު ލިބިގެންގޮސްފައެވެ.

ޖުލައި މަހުގައި ބްރެޒިލްއަށް ކުރާ ދަތުރުގައި ބްރެޒިލްގެ ތަރި ނޭމާގެ އެކަޑަމީގައި ބޭއްވުމަށް ހަމަޖެހިފައިވާ
ފުޓްސެލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރޮކް ސްޓްރީޓަށް ލިބިގެންދާނެ ކަމަށް ރެޑްބުލްއިން މަޢުލޫމާތުދެއެވެ. އަދި މިދަތުރުގައި
ނޭމާގެ އުފަންރަށް ކަމަށްވާ ސަންތޯސް ބަލާލުމުގެ ފުރުސަތުވެސް ރޮކް ސްޓްރީޓަށް
ލިބިގެންދާނެއެވެ.