ދުނިޔޭގެ ވިޔަފާރި

ހުވާއީ ސްމާޓް ފޯނުގެ ވިޔަފާރިން ލިބޭ ޢާމްދަނީ ދަށްވާނެކަމަށް ލަފާކޮށްފި


ޗައިނާގެ ހުވާއީ ޓެކްނޮލޮޖީގެ ސްމާރޓްފޯނުންލިބޭ ޢާމްދަނީ 30 ބިލިއަން ޑޮލަރާއި 40 ބިލިއަން ޑޮލަރާއި ދެމެދުގެ ޢަދަދަކަށް ދަށްވާނެކަމަށް އެ ކުންފުނީގެ ޗެއަރމަން އެރިކް ޒޫ ވިދާޅުވެއްޖެއެވެ.

މިއާއިއެކު އެއްއިރެއްގައި ދުނިޔޭގެ އެންމެ ބޮޑު ސްމާޓް ފޯނު ވިއްކާ ކުންފުނި ހުވާއީ ވަނީ ހަތް އަހަރަށްފަހު ޗައިނާގައި ސްމާޓް ފޯނު އެންމެ ގިނައިން ވިއްކާ 5 ކުންފުނީގެ ލިސްޓުން ދެވަނަ ކުއާޓަރުގައި އުނިވެފައިކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިދިޔަ އަހަރު ހުވާއީގެ ސްމާޓް ފޯނު ވިޔަފާރީއަށް ވަނީ 50 ބިލިއަން އެމެރިކާ ޑޮލަރުގެ ޢާމްދަނީއެއް ލިބިފައެވެ. އަދި ކުންފުންޏަށް އެންމެ ކުޑަ ޢާމްދަނީއެއް ލިބިފައިވަނީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައެވެ. މިގޮތުން ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ކުންފުންޏަށް ލިބިފައިވަނީ 49.57 ބިލިއަން އެމެރިކާ ޑޮލަރެވެ.

މީގެއިތުރުން ސެމީ ކޮންޑަކްޓަރު އުފައްދަ ޗައިނާއިން ކުރާ މަސައްކަތުގެ ނަތީޖާ ރަގަޅު ނަމަވެސް ހުވާއީގެ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ މައްސަތަކުގެ ސަބަބުން ރަގަޅު ފައިދާއެއް ލިބެން އަދި ވަގުތު ނަގާނެއެވެ.

2019 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ހުވާއީ ކުންފުނި އެކްސްޕޯޓް ބްލެކްލިސްޓެއްގައި ހިމަނައި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއި ގުޅުން ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. މިކަމުގެ އަސަރު ހުވާއީގެ ސްމާރޓްފޯނު ވިޔަފާރީއަށްވަނީ ވަރަށްބޮޑަށް އަސަރުކޮށްފައެވެ. އަދި ކުރިއަށްއޮތް ފަސް އަހަރުތެރޭގައި ޗައިނާ ވެގެންދާނީ 5 ޖީ ޓެކްނޮލޮޖީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމަށެވެ.