ކުޅިވަރު

ބާސެލޯނާ ޕްރެޝަރުގައި ކާޑިޒް އަތުންވެސް މޮޅެއް ނުވެވުނު


ސްޕެނިޝް ލަލީގާގައި ބާސާ މޮޅުނުވެ ޕްރެޝަރަށް ގޮސްފިއެވެ. ލީގުގައި ރަށުން ބޭރުގައި ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.

މެޗުގައި ބާސެލޯނާއަށް މެޗު ތެރޭގައި ހޯދުނު ފުރުސަތުތައް މަދުވިއިރު ދަނޑު ބޭރުންނާއި ދަނޑުމަތިން ވަނީ ޓީމަށް ޕްރެޝާ ކުރިމަތިވެފައެވެ. މެޗުގެ ފަހުވަގުތުގައި ލަނޑެއް ޖަހަން ބާސެލޯނާ ގޯލަށް ނުރައްކާ ކުރިއިރު ބާސާގެ ޖަރުމަނު ކީޕަރު އަންދްރޭ ޓާސްޓެގަން ވަނީ މެޗުގެ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ. ބާސެލޯނާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ އެޓީމުގެ ފޯވާޑް ޑިޕާއީއަށެވެ. ބާސެލޯނާއަށް މައްސަލަ ކުރިމަތިވީ މެޗު ނިމެން 25މިނިޓަށް ވެފައިވަނިކޮށް ޑިޖޮންއަށް ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ބާސެލޯނާ އިތުރު ޕްރެޝާ ކުރިމަތިލާން ޖެހުނީ މެޗުގެ އިތުރު ވަގުތުގައި އެޓީމުގެ ރޮނާލްޑް ކޫމަން ބެންޗުން ފޮނުވާލުމުންނެވެ.

އެންމެފަހުން ލީގުގައި ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވުން ކޫމަންގެ ކުރިމަގާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ރޭގެ ނަތީޖާ އެކު ބާސެލޯނާ 7ވަނައިގަ އޮތީ ކުޅުނު 5 މެޗުން ލިބުނު 9 ޕޮއިންޓާއެކުގައެވެ. މިއީ ލީގުގެ އެއްވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ވުރެ 7 ޕޮއިންޓް މަދު އަދެދެކެވެ. ބާސެލޯނާ އަތުން ހޯދި ޕޮއިންޓާއެކު ކާޑިޒް ލީގުގެ 14ވަނައިގަ އޮތީ ކުޅުނު 6 މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ.