މުނިފޫހިފިލުވުން

ތާޕްސީގެ '"ރަޝްމީ ރޮކެޓް" ޒީ 5 އަށް


އިންޑިއާގައި ފާހަގަކުރާ ދަސޭރާ ފެސްޓިވަލާއި ދިމާކޮށް އަންނަ އޮކްޓޫބަރުމަހު 15 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ރަޝްމީ ރޮކެޓް" ރިލީޒްކުރާނީ ޒީ 5 އިންނެވެ.

ތާޕްސީ ޕަންނޫ ލީޑްރޯލުން ފެންނަ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ރޯނީ ސްކްރޫވާލާގެ އާރްއެސްވީޕީ އަދި މެންގޯ ޕީޕަލް މީޑިއާއިންނެވެ.

އިންޑިއާގެ ގުޖުރާތަށް އުފަން ބާރު ދުވުންތެރިޔާ ރަޝްމީގެ ހަޔާތުގެ މައްޗަށް ނަންދާ ޕެރިޔަސަމީ ސްކްރިޕްޓަށް އުފައްދާ މި ފިލްމަކީ އާކާޝް ކުރާނާ ޑައިރެކްޓްކުރާ ސްޕޯރޓްސް ޑްރާމާ ފިލްމެކެވެ.

ތާޕްސިގެ އިތުރުން ސްޕްރިޔާ ޕާތަކް، އަބީޝެކް ބަނެރްޖީ، ޕްރިޔަންޝޫ ޕެއިންޔޫލީ އަދި ސްޕްރިޔާ ޕިލްގައުންކަރްވެސް މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނެއެވެ.