އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ނައިބު ރައީސް ވަނީ، ވޭދުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް އެމެރިކާގެ މިނިވަން ދުވަހަކީ އަޚުވަންތަކަމާއި، ގިނަ ހަރަކާތްތަކާއެކު އުފާވެރިކަން ގެނުވާނެ ދުވަހަކަށްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިދުވަހުވެސް އެމެރިކާގެ އަސާސްތައް ފެނިގެންދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
Greetings and good wishes to Vice President @JDVance, the Government and the people of the United States on their Independence Day.
— Hussain Mohamed Latheef (@HucenSembe) July 4, 2025
As in the previous years, I am certain that this festive day will be filled with much joy, camaraderie and renewed vigour to protect the ideals…
މިއަހަރު ފާހަގަކުރަމުންދަނީ އެމެރިކާގެ މިނިވަންކަމަށް 249 އަހަރު ފުރޭ އަހަރެވެ. އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރަނީ، 1776 ވަނަ އަހަރު އޭރު އިނގިރޭސި ރަސްކަމުގެ ދަށުގައި ވަނިކޮށް ދާޚިލީ ހަނގުރާމައަކަށްފަހު ވަކިވެގަނެ ޖުލައި މަހުގެ 4 ވަނަ ދުވަހު މިނިވަންކަމުގެ މުޢާހަދާ ތަސްދީޤު ކުރި ދުވަހުގެ ގޮތުގައެވެ.
ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންކަން އިއުލާން ކުރުމާއެކު އެމެރިކާއިން ދިވެހި ރާއްޖެ ބަލައިގަނެ އެ ޤައުމުގެ ސަފީރަކުވަނީ ރާއްޖެއަށް އައްޔަންކޮށްފައެވެ.