ވިޔަފާރި

އެމްޕީއެލްގެ މުދާ އުފުލުމުގެ މަސައްކަތަށް އިތުރު ބާޖެއް


އެމްޕީއެލްގެ މުދާ އުފުލުމުގެ މަސައްކަތަށް އިތުރު ބާޖެއް ގެނެސް ބޭނުންކުރަން ފަށައިފިއެވެ. އަލަށް ގެނެސްފައިވަނީ 262 ޓަނުގެ ބާޖެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)އިން ވިދާޅުވީ އެކުންފުނީގެ ފްލީޓަށް އިތުރުވި ބާޖާއެކު ކޮންޓެއިނަރު ބޯޓުތަކުން ކޮމާޝަލް ބަނދަރަށް މުދާ އުފުލުމުގެ މަސައްކަތް އިތުރު ހަރުދަނާވެގެން ދާނެކަމަށެވެ. އަދި ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައްވެސް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.
އެމްޕީއެލްގެ ފްލީޓުގައި މިހާރު 8 ބާޖު އޮވެއެވެ.

އެމްޕީއެލުން ދަނީ އެކުންފުނިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ޖުލައިމަހުގެތެރޭވަނީ އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާފައެވެ.