ޓެލެވިޜަން
މޯލްޑިވްސްގައި ޚިދުމަތް ކުރަމުން އަންނަ އެންމެ ތަޖުރިބާކާރު އަދި އެންމެ ގިނަ
ދުވަސްވީ ކެމެރާމަނުންގެ ތެރޭގައި ހިމެނޭ ކެމެރާމަން މުޙައްމަދު އަބްދުލްޣަފޫރު،
ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
މުޙައްމަދު
އަބްދުލްޣަފޫރު ނިޔާވީ އިންދިރާގާނދީ
މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މުޙައްމަދު
އަބްދުލްޣަފޫރު އެންމެން ދަންނަ ނަމުން ނަމަ ކުޑޭ ޓެލެވިޒަން މޯލްޑިވްސްގެ
މަސައްކަތާއި އާ ގުޅުނީ، 1984 ވަނަ އަހަރުއެވެ. މުޙައްމަދު އަބްދުލްޣަފޫރު
ޓީވީގެ ކެމެރާމަނެއްގެ ގޮތުގައި ޤައުމީ ޚިދްމަތުގައި ތިރީހަށް ވުރެ ގިނަ
އަހަރު ހިދްމަތް ކުރައްވާފައިވާއިރު މުހިއްމު ބޮޑެތި ހަފްލާ ރަސްމިއްޔާތުތައް
ލައިވް ކުރުމުގައި ކެމެރާމެނެއްގެ ގޮތުގައި މުހިއްމު ރޯލްތަކެއް އަދާކޮށްފައިވެއެވެ. ޤައުމީ ޚިދްމަތުގެ ތެރެއިން ބައެއް
ނުރައްކާތެރި ހާދިސާތަކާއިވެސް މުހައްމަދު
އަބްދުލް ގަފޫރްއާއި ދިމާވެފައިވެއެވެ. މިގޮތުން އަށްޑިހައިގެ ފަހުކޮޅު
ފެލިވަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްފަހު ހުޅުވި ރަސްމިއްޔާތު ވީޑިއޯ ކުރުމަށްފަހު އެ
މަންޒަރުތައް ހިފައިންގެ މާލެ ދަތުކުރަމުން ދަނިކޮށް އޭނާ އިން ސީ ޕްލޭން ވެއްޓި
އަޑިއަށް ދިޔަ ޙާދިސާގައި މުޙައްމަދު އަބްދުލްޣަފޫރަށް ގެއްލުންތަކެއް
ލިބިފައިވެއެވެ. ދިވެހި ވައިގެ ދަތުރުފަތުރުގެ ތާރިޚުގައި ދިމާވި ނުރައްކާތެރި ފުރަތަމަ ޙާދިސާގައި މުހައްމަދު އަބްދުލްޣަފޫރަށް ލިބުނު ގެއްލުންތަކަށް ލަންކާއިންވެސް
ފަރުވާ ހޯއްދަވާފައިވެއެވެ.
ކެމަރާމަނެއްގެ
އިތުރުންވެސް ޓީވީއެމްގެ ޚިދްމަތުގެ ތާރީޚުގައި މުޙައްމަދު އަބްދުލްޣަފޫރް އެތައް މަސައްކަތްތެއް ކުރައްވާފައިވެއެވެ. މިގޮތުން އެނާ އެންމެ ފާހަގަކޮށްލެވޭނީ ވޯލްޑްކަޕް
ގެ ތެރެއިން ގެނެސްފެމުން ދިޔަ ދަނޑުފޯރީގައި އަޑު ބަދަލްކޮށްގެން އަޑު
އަޅަމުންދިޔަ ފަންނުވެރިއެއްގެ ގޮތުގައެވެ.
މުހައްމަދު ޢަބްދުލްޣަފޫރު ކުއްލި ގޮތަކަށް ނިޔާވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ އޭނާ އެންމެ ފަހު ވަގުތާއި ހަމައަށްވެސް އުޅުނީ ގައުމީ ޚިދްމަތުގައިކަމަށެވެ. އަދި އޭނާއަކީ ޓީވީއަށް އިޚްލާސްތެރި، ހިދްމަތްތެރި މުވައްޒަފެއްކަން ފާހަގަ ކުރައްވާ މުހައްމަދު އަބްދުލް ޣަފޫރް ވަކިވެގެން ދިއުމަކީ ޕީއެސްއެމްއަށް ލިބުނު ބޮޑު ހިތާމެއް ކަމަށާއި ފޫނުބެއްދޭ ވަރުގެ ގެއްލުމެއްކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.
މުހައްމަދު ޢަބްދުލް ޣަފޫރަކީ ކޮންމެ ގަޑިއަކު މަސައްކަތަށް ގޮވާލިނަމަވެސް ނުނެކޭ ބުނުމެއް ނެތި މަސައްކަތަށް ނުކުމެ އޮފީހުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއްދީގެން ކިޔަމަންތެރިކަމާއި އެކު މަސައްކަތްކުރި ނަމޫނާ މުވައްޒަފެކެވެ.
މުޙައްމަދު
އަބްދުލްޣަފޫރް ނިޔާވީ އިރު އޭނާގެ އުމުރަކީ ފަންސާސް އެއްއަހަރެވެ. އޭނާ ނިޔާވި
އިރު އަނތްބަކާއި ދެކުދިން ދުނިޔޭގައި އެބަތިއްބެވެ.
މުޙައްމަދު
އަބްދޫލްޣަފޫރްގެ މައްޗަށް ކުރާ ކަށުނަމާދު ކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށް
ފަހު މަސްޖިދުލް ސުލްތާން މުޙައްމަދު ތަކްރުފާނުލް އަޢުޒަމް، އިސްލާމީ
މަރުކަޒުގައެވެ.