ވިޔަފާރި

މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް މީރާއަށް 12 ބިލިއަން ރުފިޔާ


މިއަހަރުގެ ނޮވެމްބަރު
މަހުގެ ނިޔަލަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ލިބުނު އާމްދަނީ
12 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. 

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް
ބަލާއިރު 2014 ވަނަ އަހަރުގެ ފުރަތަމަ 11 މަސް ދުވަހުގެ ތެރޭގައި މީރާއަށް
ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު، 14.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް ބަލައިގަތް
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ. އެއީ 46.1 އިންސައްތައެވެ.
އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ބީ.ޕީ.ޓީ. އެއީ 21.6 އިންސައްތައެވެ.
އެހެންކަމުން ނޮވެމްބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ ތިންބައިކުޅަ
ދެބައި ހިއްސާކުރަނީ ޖީ.އެސް.ޓީއާއި ބީ.ޕީ.ޓީންކަމަށް މީރާއިން މައުލޫމާތުދެއެވެ. 

މިއަހަރުގެ ނޮވެންބަރުގައި މީރާއަށް
ބަލައިގަތް އާމްދަނީއަކީ 833.2 މިލިއަން ރުފިޔާއެވެ. މިއީ މިދިޔައަހަރުގެ ނޮވެންބަރުގައި
ބަލައިގަތް އާމްދަނީއާ އަޅައިބަލާއިރު 4.7 އިންސައްތައި ގެ ކުރިއެރުމެކެވެ.