ޚަބަރު

ގއ.ވިލިނގިލި ނެރުމައްޗަށް ބީހުނު ބޯޓެއް ފުންކޮށްފި


މާލެއިން މުދާ އަރުވައިގެން ފަސިންޖަރުންނާއެކު ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް ވިލިނިގިއްޔަށް ވަންނަން އުޅެނިކޮށް ވިލިނގިލީ ނެރުމައްޗަށް ބީހިއްޖެއެވެ. ފުލުހުން ބުނީ ބޯޓު ނެރުމަށްޗަށް ބީހުމާއެކު ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގައި ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި އެސްއޯ ފުލުހުން ވަގުތުން ހަރަކާތްތެރިކަމަށެވެ. މިއަދު އިރުއޮއްސި ހަތެއް ޖަހަނިކޮށް މި ޙާދިސާ ހިނގިއިރު ބޯޓުގައި 9 އަންހެނުންނާއި 4 ކުޑަކުދިންނާ 8 ފިރިހެނުންނާ 7 ބިދޭސީންގެ އިތުރުން 8 ފަޅުވެރިން ހިމެނޭ ގޮތަށް ޖުމުލަ 36 މީހުން އެބޯޓުގައި ތިބިކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން އެބޯޑުގައި ގިނަ ޢަދަދެއްގެ މުދާ ހުރިކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ. ބޯޓު ބީހުމާއެކު ބޯޓުގައި ތިބި މީހުން ރައްކާތެރިކަމާއެކު އެއްގަމަށް އެރުވުމުގައި ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލިނގިލީގައި ތިބި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންނާ ބޯޓުގެ ފަޅުވެރިން ހަރަކާތްތެރިވިކަމަށް ފުލުުހުން ވިދާޅުވެއެވެ.  މިރޭ ހަތްގަޑި ތިރީސްހާއިރު ބޯޓު ފުންކޮށް ނިންމާލިއިރު ބޯޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށާއި، އަދި ބޯޓުގައި ހުރި މުދަލަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.