ޚަބަރު

ޓެލެކޮމިއުނިކޭޝަންގެ ބިލު، ރައީސް ތަޞްދީޤުކުރައްވައިފި


ދިވެހިރާއްޖޭގެ
ޓެލެކޮމިއުނިކޭޝަންގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރެއްވި ދިވެހިރާއްޖޭގެ
ޓެލެކޮމިއުނިކޭޝަންގެ ބިލަކީ މިއަހަރުގެ ނޮވެންބަރު މަހުގެ 25
ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ
ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.





މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ވަނީ
ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ
ޤާނޫނަކީ، ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަނާ ގުޅުންހުރި އެންމެހައި ކަންކަން
ރާވައި ހިންގާނެ ގޮތްތަކާއި، އުސޫލުތަކާއި، ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ
ފަރާތްތަކަށް ލައިސަންސްދޫކޮށް، އެ ފަރާތްތަކާބެހޭ އެންމެހައި ކަންކަމާއި،
އެނޫންވެސް ކަންކަމާގުޅޭ އެންމެހައި އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ޤާނޫނެކެވެ.