މުނިފޫހިފިލުވުން

އާމިރުގެ "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތް ނިމުމަކަށް


2019 ވަނަ އަހަރުގެ ކާމިޔާބު އިނގިރޭސި ފިލްމު "ފޮރެސްޓް ގަމްޕް" ގެ މައްޗަށް އުފައްދާ ހިންދީ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން ނިންމާލައިފިއެވެ.

ކަރީނާ ކަޕޫރުޚާނާއި އާމިރް ޚާން ލީޑްރޯލުން ފެންނަ މި ފިލްމުގެ މަންޒަރުތައް 100 ވުރެ ގިނަ ލޯކޭޝަންތަކުގައި ވަނީ ނަގާފައެވެ. މީގެތެރޭގައި ދިއްލީ، ކޮލްކަތާ، މުމްބާއި އަދި ޕަންޖާބު ހިމެނެއެވެ.

ފިލްމު ރިލީޒްކުރުން މިއަހަރުގެ ޑިސްމަބަރުގެ ފަހުކޮޅަށް ނިންމާފައި އޮތް ނަމަވެސް ފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފާނެކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ.

އާމިރުގެ ފިލްމު ކުންފުނި އާމިރު ހާން ޕްރޮޑަކްޝަން (އޭކޭޕީ) އާއި ވަޔަކޮމް 18 މޯޝަން ޕިކްޗާޒް ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ 2017 ގައި ރިލީޒް ކުރި އާމިރުގެ "ސީކްރެޓް ސުޕަސްޓާ" ގެ ޑައިރެކްޓަރ އަދުވައިތު ޗަންދަން އެވެ.

ރޮބަޓް ޒެމެކިސް ޑައިރެކްޓްކޮށް، ޓޮމް ހޭންކްސް، ލީޑުން ފެނިގެން ދިޔަ "ފޮރެސްޓް ގަމްޕް" އަކީ ކޮމެޑީ ޑްރާމާއެކެވެ. މި ފިލްމު އޮސްކާ އެވޯޑަށް 12 ކެޓަގަރީއަކަށް ނޮމިނޭޓްވެ 6 ކެޓަގަރީއަކުން އެވޯޑްވެސް ވަނީ ލިބިފައެވެ. 1994 ވަނަ އަހަރު ޖުލައި މަހު ރިލީޒް ކުރި މި ފިލްމަކީ ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އަދި މި ފިލްމުން ވަނީ 677.9 މިލިއަން ޑޮލަރުގެ އާމްދަނީއެއްވެސް ބޮކްސް އޮފީހުގައި ހޯދާފައެވެ.