ކުޅިވަރު

ރޮޑްރިގޯގެ ލަނޑުން ރެއަލްއަށް މޮޅެއް


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ޑީ ގައި އިންޓަރ މިލާނާއި ރެއާލް މެޑްރިޑް ބައްދަލުކުރިމެޗް ރެއާލް ކާމިޔާބުކޮށްފިއެވެ. އިންޓަރގެ ދަނޑުގައި ކުޅުނު މިމެޗް ރެއާލް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި ރެއާލްއިން ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ރޮޑްރިގޯއެވެ. މިމެޗްގައި އިންޓަރގެ ލައުޓާރޯ މާޓިނޭޒް އާއި އެޑިން ޖެކޯ ފޮނުވާލި ނުރައްކާތެރި ދެތިން ހަމަލާވަނީ ރެއާލްގެ ކީޕަރ ޓީބޯ ކޯޓުއަރ ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ރެއާލް މިހާރު އުޅެނީ ގްރޫޕް ޑީގައި ތާވަލްގެ ދެވަނައިގައެވެ. މިގްރޫޕްގައި ރޭ ޝޭރީފް ޓިރަސްޕޯލް އާއި ޝަކްޓަރ ޑޮނެސްކް ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި އޮތީ ޓިރަސްޕޯލްއެވެ.