މުނިފޫހިފިލުވުން

ޓީ ސީރީޒާއި ރިލަޔަންސް ގުޅިގެން ގިނަ ފިލްމުތަކެއް


ބޮޑު ބަޖެޓަކާއިއެކު ޓީ ސީރީޒާއި ރިލަޔަންސް އެންޓަރޓެއިންމަންޓް ގުޅިގެން 10 ފިލްމަށްވުރެ ގިނަ ފިލްމު އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތްތައް 1000 ކްރޯޑް ރުޕީސްގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޖޯންރާތަކާއި ތަފާތު މިއުޒިކް އުފެއްދުންތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ރިލައަންސާއި ޓީ ސީރީޒިން މީގެކުރިން ވަނީ 100 އަށްވުރެ ގިނަ ފިލްމަށް މިޔުޒިކް އުފެއްދުމުގައި އެކުގައި މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މީ ގިނަ ފިލްމުތަކެއްގައި އެކުގައި މި ދެ ކުންފުނި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

މި ފިލްމުތަކުގައި ތެރޭގައި ތަމަޅަ ހިޓް ފިލްމުތަކުގެ ހިންދީ ރީމޭކާއި ، އެކްޝަން ތްރިލަރ، މެގަ ހިސްޓޯރިކް ބަޔޯޕިކް، ކޮމެޑީ އަދި ރޮމޭންޓިކް ފިލްމުވެސް ހިމެނެއެވެ.

އިންޑިއާގެ އެންމެބޮޑު މިޔުޒިކް ރެކޯޑްކުރާ ސްޓޫޑިއޯގެ ލޭބަލާއި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ މަޤާމުވެސް ޓީ ސީރީޒަށް ލިބިފައިވާއިރު ރިލައަންސް އެންޓަރޓެއިންމަންޓަކީ އިންޑިއާގައި ނަން ހިނގާ އެއް މީޑިއާ އަދި އެންޓަރޓެއިންޓް ކުންފުންޏެވެ.