ޚަބަރު

ބަހުގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް


މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގެ
ޢާންމުންނަށާއި ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން
ފާޅުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުއްވާލެއްވި ފުރުޞަތުގެ މުއްދަތު އިތުރުކުރައްވައިފިއެވެ.






ބަހުގެ ޚިދުމަތް ދިނުމުގައި މާލީ އަދި ފަންނީ ޤާބިލުކަން
ހުރި ފަރާތްތަކުން މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގެ އާންމުންނަށާއި
ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިކޮނޮމިކް
މިނިސްޓްރީން ހުޅުއްވާލެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.





ބަހުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިކަން ނުވަތަ
އީއޯއައި ހުށަހެޅުމަށް މިނިސްޓްރީން މީގެ ކުރިން ހުޅުއްވާލެއްވި ފުރުޞަތުގެ ސުންގަޑިއަކީ
މިމަހު ހަވަނަ ދުވަހެވެ.





ނަމަވެސް ބަހުގެ ޚިދުމަތް ދިނުމަށް ހުށަހެޅުމުގެ
މުއްދަތު އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ މިމަހު 28 ވަނަ ދުވަހުގެ
މެންދުރުފަހު ދޭއްޖެހުމާ ހަމައަށް އިތުރުކުރައްވައި، ގެޒެޓްގައި ޝާއިޢުކުރައްވާފައެވެ.