ޚަބަރު

"ބީއެމްއެލް އީޒީޕޭ"ގެ ޚިދުމަތް ތަޢާރަފްކޮށްފި


"ބީއެމްއެލް އީޒީޕޭ" ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްއިން އާ ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ. މިއީ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ވިޔަފާރިކުރުމަށްފަހު އެފައިސާ އަނބުރާ ބޭންކަށް ދެއްކުމުގައި ދިގުމުއްދަތަކަށް ބަހާލުމުގެ ފުރުޞަތު ލިބިގެންދާ ޚިދުމަތެއް ކަމަށް ބޭންކުން މަޢުލޫމާތުދެއެވެ. ބީއެމްއެލްގެ އޮންލައިން ކޯޑިނޭޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މިޚިދުމަތް އަދި ތަޢާރަފްކޮށްފައިވަނީ 4 ވިޔަފާރިއެއްގައި ކަމަށެވެ. ބީއެމްއެލް އިން ތަޢާރަފް މިކުރި އީޒީ ޕޭގެ ދަށުން ގަންނަ މުދަލަށް ފައިސާ ދެއްކުމަށް ތިން މަސް، ހަ މަސް، ބާރަ މަސް، އަށާރަ މަސް، އަދި 24 މަހުގެ މުއްދަތެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.