ވިޔަފާރި

200 މިލިއަން ރުފިޔާ ހޯދަން އެޗްޑީއެފްސީން ސްކޫކް ވިއްކަން ހުޅުވާލައިފި


ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ސްކޫކް ވިއްކަން ހުޅުވާލައިފިއެވެ.

މިއީ އެޗްޑީއެފްސީން ސްކޫކް ވިއްކަން ހުޅުވާލި ހަތަރުވަނަ ފަހަރެވެ.

އެޗްޑީއެފްސީން ސްކޫކް ވިއްކަން ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސްކޫކް ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. އެޗްޑީއެފްސީން ޖުމްލަ 2 ލައްކަ ސްކޫކް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ސްކޫކެއް ވިއްކަނީ 1000 ރުފިޔާއަށެވެ. ސްކޫކް ވިއްކަނީ 200 މިލިއަން ރުފިޔާ ހޯދަންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސުކޫކު އިންވެސްޓްމަންޓްގެ 65 ޕަސެންޓް ފައިދާ ސުކޫކުގެ ވެރިފަރާތް ނުވަތަ ގަތް ފަރާތަށް ލިބޭނެއެވެ. އަދި 35 ޕަސެންޓް ފައިދާ ލިބޭނީ އެޗްޑީއެފްސީއަށެވެ. ސުކޫކުގެ ފައިދާ ސުކޫކު 'އެލޮޓް' ކުރާ ތާރީހުން ފެށިގެން ކޮންމެ 6 މަހަކުން 10 އަހަރުގެ މުއްދަތަކަށް ސުކޫކުގެ ވެރިފަރާތުގެ އެކައުންޓަށް "މޯލްޑިވްސް ސެކިޔުރިޓީސް ޑިޕޯޒިޓޯރީ" މެދުވެރިކޮށް ޖަމާކުރަމުންދާނެކަމަށް އެޗްޑީއެފްސީން ބުނެއެވެ.