ވިޔަފާރި

އިސްމެހެލަހެރަ ތަރައްޤީކުރުމަށް ދޭނީ ދިވެހި ކުންފުންޏަކަށް


އައްޑު އަތޮޅު އިސްމެހެލަހެރަ
ރިސޯޓެއްގޮތުގައި ތަރައްޤީކުރުމަށް ޙަވާލުކުރައްވާނީ ދިވެހި ކުންފުންޏަކާ ކަމަށް
ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.



އެރަށުގައި 600 އެނދުގެ ރިސޯޓެއް
ތަރައްޤީކުރުމަށް ދިވެހި ކުންފުންޏަކުން ވަރަށް ރަނގަޅު ޕްރޮޕޯސަލެއް
ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެކުންފުންޏާއެކު އަދި އެއްބަސްވުމަކަށް
އައިސްފައި ނުވާތީ އެކުންފުނީގެ ނަން ހާމަކުރެއްވެން ނެތްކަމަށް ޓޫރިޒަމް
މިނިސްޓްރީން ވިދާޅުވެއެވެ.



އިސްމެހެލަހެރާގައި ރިސޯޓެއް
ތަރައްޤީކުރުމަށް އެކުންފުންޏާ ޙަވާލުކުރެއްވުމަށް އެގްރިމެންޓް ހެއްދެވުމުގެ
މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށާއި، ކުރިއަށް އޮތް ހަފްތާތެރޭގައި އެކުންފުންޏާއެކު
އެގްރިމެންޓްގައި ސޮއިކުރެއްވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.




އިސްމެހެލަހެރާގައި ރިސޯޓެއް
ތަރައްޤީކޮށް ޚިދުމަތް ދޭން ފެށުމުން 1800 ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް
ސަރުކާރުން ވަނީ ވިދާޅުވެފައެވެ.