ޚަބަރު

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދާ ގުޅޭ " ބޯޑު " އިފްތިތާޙްކޮށްފި


ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދާ ގުޅޭ " ބޯޑު " އިފްތިތާޙްކޮށްފިއެވެ.އެންޓި ކޮރަޕްޝަން ކޮމިޝަން ހިންގަމުންދާ ހުރަވީ ބިލްޑިންގ ތިރީގައި ބަހައްޓާފައިވާ ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދާއި ގުޅޭ ބޯޑު އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ ކުރީގެ މެމްބަރު މުޙައްމަދު ޝަފީޢުއެވެ.ނަޒާހަތްތެރިކަމުގެ ވަޢުދަކީ ދަޢުލަތުގެ މުވައްޒަފުން ޒިންމާދާރުކަމާއެކު ނަޒާހަތްތެރިވުމަށް ބާރު އަޅާ، ޚިދުމަތް ދިނުމުގައި އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމަށް ހުރިހާ މުއައްޒަފުން ހަމަހަމަކަންމަތީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ޢަޒުމް ކަނޑައެޅުމެވެ. އެންޓިކޮރަޕްޝަން ކޮމިޝަންގެ އެޑިޔުކޭޝަން އޮފިސަރ މުޙައްމަދު ސަލީމް ވިދާޅުވީ ނަޒާހަތްތެރިކަމާއެކު ޚިދުމަތްދިނުމަށް މަގުފަހިކުރުމުގެގޮތުން ވެވޭ ވަޢުދުގައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުންވެސް ސޮއިކޮށް އިދާރާތަކުގައި ބެހެއްޓުމުގެ ފުރުސަތު އެބައޮތްކަމަށެވެ.އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ ނަޒާހަތްތެރިކަމުގެ ބޯޑް ދާއިމީކޮށް ހުރަވީ ބިލްޑިންގގެ ތިރީގައި ބެހެއްޓުމަށް ހަމަޖައްސަވާފަކަމަށެވެ.