ކުޅިވަރު

ޗެލްސީ އާއި އެސްޓަން ވިލާ ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފި


އިންގްލީޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި އެސްޓާން ވިލާ ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ޗެލްސީ ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އެސްޓަން ވިލާއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާދިނީ ރޮމެލޫ ލުކާކޫއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ޖަހައިދިނީ މަޓިއޯ ކޮވަސިޗްއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ލުކާކޫއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޗެލްސީއަށް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު ވަނީ ކުޅުނު 4 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ޔުނައިޓެޑާއި އަރާ ހަމަކޮށްފައެވެ. އަދި އެސްޓަން ވިލާ އުޅެނީ ކުޅުނު 4 މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.