ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކަކާއެކު 2 މީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި މަހުގެ 7 ވަނަ ދުވަހުކަމަށްވެސް ފުލުހުން މަޢުލޫމާދު ދެއްވައެވެ.މިދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލެ ގެއެއްގެ ބެލްކަނީގައި ބިޔަރުކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅެއް ހިފައިގެން ހުރިތަން ފުލުހުންނަށް ފެނުމުން އެގެއަށް ފުލުހުން ވަންނަނިކޮށް މިމިހާ އެގޭގެ ސިޑިން ފައިބަނިކޮށް ކަމަށާއި އަދި އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް މި މީހާ ބިޔަރު ދަޅު ހިފައިގެން ހުރި ބެލްކަނި ހިމެނޭ ފަންގިފިލާއިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ފަންގިފިލާ ބަލައިފާސްކުރިއިރު އެ ފަންގިލާގެ ސިޓިންގ ރޫމް ބެލްކަނިން ބޭނުންކޮށްފައިވާކަމަށް ބެލެވޭ 2 ބިޔަރު ދަޅެއް ފެނިފައިވާއިރު އެސިޓިންގ ރޫމްތެރެއިން ފެނުނު ދަބަހެއްގެ ތެރެއިން 14 ދަޅު ބިޔަރު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ތެރެއިން 22 އަހަރުގެ އަންހެން މީހާއަކީ ފުލުހަކަށް އަނިޔާކުރުމާއި މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހަކަށްވާއިރު، މި މައްސަލާގައި ހައްޔަރުކޮށްފައިވާ 24 އަހަރުގެ މީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކާއި ޓެރަރިޒަމްގެ މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއްކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަހުޤީޤު ކުރަމުންނެވެ.