ކުޅިވަރު

ސަރުކާރާ އެމްއޯސީ ގުޅިގެން ކުޅިވަރު ވަސީލަތްތަށް ޤާއިމް ކުރުން


ކުޅިވަރު ވަސީލަތްތައް ގާއިމް
ކުރުމަށް ދިވެހި ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ ގުޅިގެން
މަސައްކަތްކޮށްފިނަމަ، ރާއްޖޭގައި ގާއިމް ނުކުރެވޭނެ އެއްވެސް ކުޅިވަރު ވަސީލަތެއް
ނޯންނާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓާރގެ
އިސްނެންގެވުމަކަށް ޔޫތް މިނިސްޓްރީގެ އިސްބޭފުޅުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ
އިސްވެރިންނާއެކު ހެންވޭރު ބޯޅަ ގޭގައި ބޭއްވި ބައްދަލުވުމުގައި
ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓާރ އަހުމަދު ޒުހޫރު ވިދާޅުވީ، ރާއްޖެއަކީ
ކުޑަ ޤައުމެއް ނަމަވެސް ކުޅިވަރުގެ ރޮނގުން މިހާރު ކުރިއަރާފައިވާ ގައުމެއްކަމަށެވެ.
ރާއްޖެއަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ކުޅިވަރު ކުޅޭނެ ރަނގަޅު
ތަންތަން ނެތުމުގެ މައްސަލަކަމަށް ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ވަސީލަތްތައް
މަދު ނަމަވެސް ރާއްޖޭގެ އެތްލީޓުން ރާއްޖެއިން ބޭރުގައި ހޯދާ ކާމިޔާބީއަކީ
ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ކަމަށްވެސް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.
މިނިސްޓަރ ޒުހޫރު ވިދާޅުވީ ބޭރުގެ އެހީ އެންމެ ގިނައިން ލިބޭ އެއް އިދާރާއަކީ
އޮލިމްޕިކް ކޮމެޓީކަމަށްވާއިރު، ދިވެހި ސަރުކާރާ އޮލިމްޕިކް ކޮމެޓީ ގުޅިގެން
ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް
ކުރެވިދާނެކަމަށެވެ.





" ގިނަ އެސޯސިއޭޝަންތަކުގެ ވިސްނުން ބަދަލް ކުރައްވާ، ސަރުކާރާ އެމްއޯސީއާ އެކީގައި އަޅުގަނޑުމެން އިށީނދެ، ބޭރުން ލިބެންޖެހޭ އެހީތެރިކަން ހޯދައިގެން ރާއްޖޭގެ އިންފްރާސްޓްރަކްޗާ ޤާއިމް ކުރުމަށް މަސައްކަތް ކުރަންވީ. އެގޮތުން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް އެއްފަހަރާ ހުރިހާ ކުޅިވަރުތެކެއްގެ އިންފްރާސްޓްރަކްޗާ ޤާއިމެއް ނުކުރެވޭނެ. މިއަދުގެ ރައީސުލް ޖުމްހުރިއްޔާގެ ވަރަށް ބޮޑު އެދުމެއް ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީވެގެން ދިއުމަކީ. ސަރުކާރުން ކުޅިވަރުގެ ވަސީލަތްތަށް ތަރައްގީކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއްދޭ. ވަރަށް ބޮޑެތި ބަޖެޓްތަކެއްވެސް ކަނޑައެޅިގެން އެބަދޭ " މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.



މިބައްދަލުވުމުގައި
އެސޯސިއޭޝަންތަކުންވަނީ އެފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަށް މިނިސްޓަރާ
ހިއްސާކޮށްފައެވެ.