ޚަބަރު

ކަޅުއޮށްފުންމި ބަންނަން ކެނޑި ކޮންމެ ރުކަކަށް 2 ރުއް އިންދަނީ


ކަޅުއޮށްފުންމި
ބަނުމަށް ހދ ނޭކުރެންދޫން ކެނޑި ކޮންމެ ރުކަކަށް ދެ ރުށް އިންދުމުގެ ޕްރޮގްރާމެއް
އެރަށުގައި ފަށައިފިއެވެ. 

ކަޅުއޮށްފުންމި ބަނުމަށް ސަތޭކަ އަށްވުރެ ގިނަ ރުށްވަނީ
ކަނޑާފައެވެ.ކަޅުއޮށްފުންމި ބަނުމަށް ބޭނުންކޮށްފައިވަނީ
މުޅިންވެސް ރުކުގެ  ލަކުޑިއެވެ.



މި އޮޑި ބަނދެ ނިންމާލުމަށްފަހު، އޮޑި ބޭލި ދުވަހުވެސް ނޭކުރެންދޫގައި
ވަނީ 100 ރުއް އިންދާފައެވެ. 

އަދި އޭގެ ފަހުންވެސް ނޭކުރެންދޫގައިވަނީ ރުއް
އިންދާފައެވެ.



ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަދިވެސް އިތުރު
ރުއް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.



އުތީމު
ތިން ބެއިން ބޭނުންކުރެއްވި ކަޅުއޮށްފުންމީގެ ސިފަޔަށް ބަނތް މިއޮޑި ޤައުމީ
ދުވަހަށް ހއ އުތީމަށް ގެންދިއުމުގެ ކުރިން ކަނޑުގެ ޓެސްޓްތަކެއް ކުރުމަށް މިހާރު
ވަނީ ކުޅުދުށްފުއްޓަށް ގެންގޮސްފައެވެ. ދެން ޤައުމީ ދުވަހަށް ކަޅުއޮށްފުންމި
ގެންދާނީ އުތީމަށެވެ. އުތީމުން ކަޅުއޮށްފުންމި ގެންނާނީ މާލެއަށެވެ. މާލެ ގެނައުމަށްފަހު ރަސްމީ ފާލަމުގައި އާއްމުންނަށް ދައްކާލުމަށް ބެއްވުމަށްފަހު ދެން ގެންދެވޭނީ ދާރުލްއާސާރަށެވެ.