ޚަބަރު

ސަރވިސް އެލަވަންސުން އުނިކުރި ބައި ދިނުމަށް ލަފަޔަކަށް އެދިއްޖެ


ސިވިލް ސާރވަންޓުން ސަލާމް ބުނުމުން ސަރވިސް އެލަވަންސުން އުނިކުރެއްވި
ފައިސާ މުވައްޒަފުންނަށް އަނބުރާ ދެއްވުމާމެދު ސިވިލް ސާރވިސް ކޮމިޝަނުން ބަންޑާރަ
ނާއިބް އޮފީހުގެ ލަފަޔަކަށް އެދިވަޑައިގެންފިއެވެ.



ބަންޑާރަ ނާއިބު އޮފީހުން ވިދާޅުވީ ސިވިލް ސާރވިސް ކޮމިޝަނުން އެދިވަޑައިގެންފައިވާ
ލަފަޔާ ގުޅިގެން ބައްލަވަންޖެހޭ ކަންކަން އެ އޮފީހުން ބައްލަވަމުން ގެންދަވާކަމަށެވެ.



ސީއެސްސީން، ބަންޑާރަ ނާއިބުގެ އޮފީހުގެ ލަފަޔަކަށް އެދިވަޑައިގެންފައި
މިވަނީ ސަލާމް ބުނާ ދުވަސްތަކަށް ސާރވިސް އެލަވަންސުން ފައިސާ ކެނޑޭނެކަމަށް ބުނެ
އެ ކޮމިޝަންގެ ޤަވާޢިދުގައި ކަނޑައެޅުއްވި މާއްދާ ހައިކޯޓުން ބާތިލްކުރައްވާފައިވަނިކޮށެވެ.




އަދި އެ ފައިސާ ހޯދުމަށް އެދި ސިވިލް ސާރވިސްގެ މުވައްޒަފަކު ސީއެސްސީއާ
ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލައެއް ހުށައަޅައި އެ މައްސަލައިގެ އަޑުއެހުމެއް
މާއްދަމާ ބޭއްވެވުމަށްވެސް ވަނީ ތާވަލްކުރައްވާފައެވެ.



މިދިޔަ އަހަރު ޑިސެމްބަރުމަހު ސިވިލް ސާރވިސް ކޮމިޝަނުން އެކުލަވާލެއްވި
ޤަވާޢިދުގެ ދަށުން ސަލާމް ބުނާ މުވައްޒަފުންގެ ސަރވިސް އެލަވަންސުން އެދުވަސްތަކަށް
ފައިސާ އުނިކުރެވޭނެއެވެ.