ޚަބަރު

އެމް.އާރު.އައި މެޝިނަށް ދިމާވި މައްސަލަ ހައްލުކޮށްފި


މިދިޔަމަހު އައިޖީއެމްއެޗްގައި ބެހެއްޓެވި އެމްއާރުއައި މެޝިނަށް ދިމާވި
ޓެކްނިކަލް މައްސަލަ ޙައްލުކުރެއްވުމަށްފަހު، އެމްއާރުއައިގެ ޚިދުމަތް ދެއްވަން ފަށްޓަވައިފިއެވެ.



އެމްއާރުއައިގެ
ޚިދުމަތް ދެއްވަން ފަށްޓަވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.



ޕީއެސްއެމަށް
ދެއްވި ބަސްދީގަތުމެއްގައި އައިޖީއެމްއެޗްގެ ޑިރެކްޓަރ
އަޙުމަދު މައުސޫމް ވިދާޅުވީ މަރާމާތަށްފަހު އެމްއާރުއައިގެ ޚިދުމަތް ފެއްޓެވީ ކިޔު
ތަރުތީބުން ކޮންމެ ދުވަހަކު ދިހަ މީހުންނަށް ޚިދުމަތް ދެއްވާގޮތަށް ކަމަށެވެ.



މީގެ އިތުރުން މައުސޫމް ވިދާޅުވީ އެމްއާރުއައިގެ ޚިދުމަތް ތަޢާރަފް ކުރެއްވުމުން
އެތަނުން ދެއްވާ ޚިދުމަތްތަކުގެ ފެންވަރަށް ބަދަލު އަންނާނެ ކަމަށާއި، އެމްއާރުއައި
ސްކޭން ހެދުމަށް ރާއްޖެއިން ބޭރަށްދާ މީހުންގެ ނިސްބަތް މަދުވެގެންދާނެ ކަމަށް
ބެލެވޭކަމަށެވެ.



އައިޖީއެމްއެޗުން އެމްއާރުއައި ޚިދުމަތް ދެއްވާނީ އާސަންދައިގެ ދަށުންކަމަށް އައިޖީއެމްއެޗުން
މައުލޫމާތުދެއްވައެވެ. މިއީ ސަރުކާރުން 23 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން ކުރިއަށްގެންދެއްވި
މަޝްރޫއެެކެވެ.